Mulaku Faaizaahtha - Abadhuves Ufaluga (M. Mulah)

Описание к видео Mulaku Faaizaahtha - Abadhuves Ufaluga (M. Mulah)

މ. މުލަކު ފާއިޒާ ޙުސައިން (ފާއިޒާއްތަ) އަކީ އާދަޔާ ޚިލާފު ކަނބަލެއް. އެރަށު ދޮށީ ޢުމުރުގެ މީހުންނަށް ކޮންމެ ދުވަހަކު ހަވީރު ފާއިޒާއްތަ ވާހަކަ ކިޔައިދޭ. އަޅުގަނޑުމެން އެރަށަށް ކުރި ދަތުރުގައި ފާއިޒާއްތަ އޭރު ކިޔަމުންދިޔަ ޙާތިމްޠާއީ ވާހަކައިގައި ކައިވެންޏެށް ކުރި ދަނޑިވަޅާ ދިމާވި. ފާއިޒާއްތަ އާއި އެކުވެރީން އެ މުނާސަބާ ވަރަށް ކުލަގަދަކޮށް ފާހަގަކުރި. ވާހަކައިގައި އަންނަ މިފަދަ ދަނޑިވަޅުތައް ފާހަގަކުރުމަކީ އާދައެއްކަމަށްވޭ.
ޢުމުރުން 76 އަހަރުގައި ފާއިޒާއްތަގެ މޫނުމަތިން ފެނުނީ އުފާވެރިކަން. ބުނަމުންދިޔައީ މުސްކުޅި ނުވާކަމަށް. ފާއިޒާއްތަގެ ބަހުން އެއީ އަދިވެސް "ނޫކަށިފުރައިގެ ޒުވާނެއް". އެހެން މީހުން ހިތްހަމަޖައްސައިދީ އުފާކޮށްދިނުމަކީ ފާއިޒާއްތައަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން. ފާއިޒާއްތަ ދިން މެސެޖަކީ ޢުމުރުން ދުވަސްވީއޭ ކިޔާފައި ގެއިން ނުނިކުމެ ނުތިބުމަށް. ޙަރަކާތްތެރިވެ އުޅުމަށާއި ހިތްހަމަޖެހުން ހޯދުމަށް. ފާއިޒާއްތަގެ އެކުވެރީންގެ ތެރޭގައި ބަލި މީހުންވެސް ތިބި. ނަމަވެސް ކޮންމެ ދުވަހަކުވެސް ނަލަހެދިގެން، ފާއިޒާއްތަ ގާތަށް އައުމަށް އެމީހުން ހިތްވަރު ހޯދާ.
އަޅުގަނޑުމެންނަށް ވީޑިއޯ ކުރެވިފައި މިވަނީ ފާއިޒާއްތަގެ ޙަޔާތުން ހަމަ އެންމެ ދުވަހެއް. ކޮންމެ ދުވަހަކީ ވެސް ފާއިޒާއްތަ އަށް މިފަދަ ދުވަހެއް. މި ކުރު ޕްރޮގްރާމަށް "މުލަކު ފާއިޒާއްތަ - އަބަދުވެސް އުފަލުގައި" މި ނަން ދިނީ އެ ސަބަބަށްޓަކައި.
ފާއިޒާއްތައާއި އެކުވެރީން، ދުޅަހެޔޮކަމާއި އުފާވެރިކަމުގައި އަބަދުމެ ލަހައްޓަވާށި. ފާއިޒާއްތަ ފަދައިން ހުރިހާ ރަށެއްގައި ވެސް، މުޖްތަމަޢުގެ ހިތްހަމަޖެހުމަށާއި އުފާޥެރިކަމަށް، ޚާއްޞަކޮށް ޢުމުރުން ދުވަސްވީ މީހުންނަށް ފުރުޞަތުތައް ތަނަވަސްކޮށްދިނުމުގައި އިސްނަގާނެ ފަރާތްތައް ދުށުމަކީ ކުރެވޭ އުއްމީދެއް. ވަރަށް ކުޑަ ހިތްވަރަކުން ބޮޑު ބަދަލެއް ގެނެވިދާނެ، إن شاء الله
all videos captured with #iphone14promax
Audio with #comicavdlive10
Edited using #wondersharefilmora13

Комментарии

Информация по комментариям в разработке